www.fgks.org   »   [go: up one dir, main page]

Jump to content

ރުވާންޑާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
Republic of Rwanda
Repubulika y'u Rwanda
République du Rwanda
Flag of Rwanda
Flag
Coat of arms of Rwanda
Coat of arms
މޮޓޯ: Ubumwe, Umurimo, Gukunda Igihugu
"Unity, Work, Patriotism"
ގައުމީ ސަލާމް: "Rwanda nziza"
Location of Rwanda
ވެރިރަށް
and largest city
Kigali
ރަސްމީ ބަސްތައްKinyarwanda, French, English
Vernacular languageSwahili
ޑިމޮނިމްRwandan, Rwandese
ސަރުކާރުRepublic
• President
Paul Kagame
Bernard Makuza
• Date
July 1, 1962
ސަރަޙައްދު
• Total
26,338 km2 (10,169 sq mi) (147th)
• Water (%)
5.3
އާބާދީ
• July 2009 estimate
10,473,282[1] (80th)
• 2010 census
10,264,947[2]
• Density
397.6/km2 (1,029.8/sq mi) (29th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
• ޖުމްލަ
$10.004 billion[3]
• ބޮލަކަށް ޖެހެނީ
$1,043[3]
ޖީޑީޕީ (nominal)2008 estimate
• ޖުމްލަ
$4.459 billion[3]
• ބޮލަކަށް ޖެހެނީ
$465[3]
ޖިނީ (2003)45.1
medium
އެޗްޑީއައި (2007)0.460
Error: Invalid HDI value (167th)
ފައިސާRwandan franc (RWF)
ޓައިމް ޒޯންޔޫޓީސީ+2 (CAT)
• ސަމާ (ޑީއެސްޓީ)
ޔޫޓީސީ+2 (not observed)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް250
އައިއެސްއޯ 3166 ކޯޑްRW
އިންޓަރނެޓް ޓީއެލްޑީ.rw
1 މި ގައުމަށް ކުރާ އަންދާޒާތަކުގައި އެއިޑްސްގެ ސަބަބުން މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ އަސަރުތަކަށް ސާފުކޮށް ރިއާޔަތްކޮށްފައިވެއެވެ؛ މިކަމުގެ ސަބަބުން އުމުރު ދުވަސް ދަށްވުމާއި، ތުއްތު ކުދިން މަރުވުމާއި މަރުވުމުގެ ނިސްބަތް މަތިވުމާއި، އާބާދީއާއި ކުރިއެރުމުގެ ނިސްބަތް ދަށްވުމާއި، އުމުރާއި ޖިންސަށް ބަލާފައި އާބާދީ ބަހާލުމަށް އެހެން ގޮތަކަށް ހީކުރެވޭ ވަރަށް ވުރެ ބަދަލުތަކެއް އަތުވެދާނެއެވެ.

ރުވާންޑާ ނުވަތަ “ލޭންޑް އޮފް އަ ތައުޒަންޑް ހިލްސް” އަކީ އިރުމަތީ-މެދުތެރޭ އެފްރިކާއަށް ނިސްބަތްވާ ޤައުމެކެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް[އުނިއިތުރު ގެންނަވާ]

ރުވާންޑާގެ ރަސްމީ ބަހަކީ ކިންޔާރްވާންޑާ ބަހާއި ފަރަންސޭސި ބަހާއި އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ރްވާންޑަންސް ނުވަތަ ރްވާންޑީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ކިގަލީއެވެ. މި ޤައުމުގެ ވެރި ރަށަކީ ވެސް މިއީއެވެ. މި ޤައުމަކީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 9 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 84 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 26338 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ rw. އެވެ. ކޯލިން ކޯޑަކީ +250 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ރްވާންޑަން ފްރޭންކެވެ.

ނަން[އުނިއިތުރު ގެންނަވާ]

“ރުވާންޑާ” މި ނަން ނެގިފައިވަނީ “ވަންޔަރުއާންޑާ” މީހުންނަށް ނިސްބަތް ކޮށެވެ. ރުއާންޑާއަށް ނިސްބަތްކޮށް ކިޔޭ އަނެއް ނަމަކީ “ލޭންޑް އޮފް އަ ތައުޒަންޑް ހިލްސް” އެވެ.

ޖުޣުރާފީ[އުނިއިތުރު ގެންނަވާ]

ރުވާންޑާ އާއި ބޯޑަރުގެ ގޮތުން ގުޅޭ ޤައުމުތަކަކީ ޔޫގެންޑާ އާއި ބުރުންޑީ އާއި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އާއި ޓެންޒޭނިޔާއެވެ.

ތާރީޚު[އުނިއިތުރު ގެންނަވާ]

މިއަދުގެ ރުވާންޑާގައި މީހުން ދިރިއުޅެން ފެށި ވަކި ތާރީޚެއް އަދި ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ތާރީޚީ ޢިލްމުވެރީން ޤަބޫލުކުރައްވާ ގޮތުގައި، މި ހިސާބުގައި މީހުން އާބާދުވެފައިވަނީ ޢީސާއީ މީލާދުގެ އަށް ސާސްކަފު ނުވަތަ ތިން ސާސްކަފު ކުރީންނެވެ. މި ގޮތުން އެންމެ ފުރަތަމަ މި ސަރަޙައްދުގައި ވަޒަންވެރިވެފައިވާ ކަމަށް ބެލެވެނީ ޝިކާރަ ކުރާ މީހުންނެވެ. 1884-1885 ގައި ތަންގަންޔިކާ ސަރަޙައްދުގެ އިސް މީހުންނާއެކު ޖަރުމަނުން ސޮއިކުރި އެއްބަސްވުންތަކަށް ފަހުގައި ޖަރުމަނު މީހުން ވަނީ ތަންގަންޔިކާ އާއި ބުރުންޑީ އާއި ރުވާންޑާއަކީ ޖަރުމަނުގެ ބާރު ހިނގާ ސަރަޙައްދެއް ކަމުގައި ދަޢުވާކޮށްފައެވެ. ޖަރުމަނުގެ އިސް ބޭފުޅަކު، މި ސަރަޙައްދުގެ ވެރިކަމުގައި ހުރި ބޭފުޅަކާ ބައްދަލު ކުރައްވާފައިވަނީ 1894 ގައެވެ. 2500 ސިފައިންނާއެކު، އިރުމަތީ އެފްރިކާގައި ބާރު ހިންގަމުން ދިޔަ ޖަރުމަނު މީހުން ރުވާންޑާގެ މީހުންގެ ދިރިއުޅުމުގެ އޮނިގަނޑަށް ބަދަލެއް ގެންނަން މަސައްކަތްކޮށްފައި ނުވާކަން ފާހަގަ ކުރެވެއެވެ. ރުވާންޑާއަށް ބެލްޖިއަމްގެ ކިބައިން މިނިވަންކަން ލިބިފައިވަނީ 1 ޖުލައި 1962 ގައެވެ.

ޑެމޮގްރަފިކްސް[އުނިއިތުރު ގެންނަވާ]

ރުވާންޑާގެ ގިނަ މީހުންނަކީ ކިންޔަރުވާންޑާ ބަހުން ވާހަކަ ދައްކާ މީހުންނެވެ. ވިޔަފާރީގެ މުޢާމަލާތްތަކުގައި މީގެ ތެރެއިން ބައެއް މީހުން ވެސް ސަވާހިލީ ބަހުން ވާހަކަ ދައްކައި އުޅެއެވެ. ރުވާންޑާގެ ތަޢުލީމީ މީހުން ވާހަކަ ދައްކާ މައިގަނޑު ދެ ބަހަކީ އިނގިރޭސި ބަހާއި ފަރަންސޭސި ބަހެވެ. ރުވާންޑާގެ އާބާދީގެ 93.6% މީހުންގެ ދީނަކީ ކްރިސްޓިޔަން ދީނެވެ. 4.6% މީހުންނަކީ މުސްލިމުންނެވެ.

ސަގާފަތު[އުނިއިތުރު ގެންނަވާ]

ރުވާންޑާގެ ސަގާފަތަށް އެ ޤައުމު އިސްތިޢުމާރު ކުރީ ޔޫރަޕުގެ މީހުންގެ އަސަރު ފޯރާފައިވި ނަމަވެސް، ބޮޑަށް ފެނިގެންދަނީ އެފްރިކާގެ އަވަށްޓެރި ޤައުމުތަކުގެ ސަގާފަތުން ވެސް ފެންނަ ފަދަ ކަންތައް ތަކެކެވެ.

އިޤްތިޞާދު[އުނިއިތުރު ގެންނަވާ]

ރުވާންޑާގެ އިޤްތިޞާދަށް ބަލާއިރުގައި އަދިވެސް އިންޑަސްޓްރިއަލައިޒޭޝަންގެ އެއްވެސް ކަމެއް ނެތް ކަން ފާހަގަކުރެވެއެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 1043 ޑޮލަރެވެ.

  1. Central Intelligence Agency (2009). "Rwanda". The World Factbook. Archived from the original on 1545685876. Retrieved January 12, 2010. {{cite web}}: Check date values in: |archive-date= (help); Unknown parameter |dead-url= ignored (|url-status= suggested) (help)
  2. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  3. 3.0 3.1 3.2 3.3 "Rwanda". International Monetary Fund. Retrieved 2009-10-01.